އިބްރާހިމް އިސްމާއީލް (އިބްރާ)

އިބްރާ އެމްޑީޕީން އިސްތިއުފާ ދެއްވައިފި

އިބްރާހިމް އިސްމާއީލް (އިބްރާ)
100%
0%
0%

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) އެމްޑީޕީން ވަކިވެ ވަޑައިގެންފި އެވެ.

އެމްޑީޕީން ވަކިވެވަޑައިގަތުމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިބްރާގެ ކޮއްކޮ ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީ އިބްރާ ވަނީ ސޯޝަލްމީޑިއާގައި އާންމުކުރައްވާފަ އެވެ.

އިބްރާގެ ސިޓީން އެނގޭ ގޮތުގައި އޭނާ އެމްޑީޕީން ވަކިވެވަޑައިގަތީ ޝަރުއީ ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ފޯރުވާ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންދާތީ އާއި ވަޒީރުން ހިމެނިގެން ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ މިނިވަންކަން ހިފަހައްޓަމުންދާތީ އެވެ.

މިސިޓީގައި ބުނެފައިވަނީ އެމްޑީޕީ އުފެދިގެން އައީ އިންސާނީ ކަރާމާތާއި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރަން ކަމަށެވެ. ނަމަވެސް މިއަދުގެ އެމްޑީޕީގެ ސަރުކާރު ފެނިގެން ދަނީ އެއާ މުޅިން ހިލާފަށް އަމަލުކުރާ މަންޒަރު ކަމަށެވެ.

"ފާޅުގައި ލައިވް ޓީވީގައި ހިނގައި ދިޔަ ކަމެއްގައި ސަރުކާރުން އަޅުގަނޑާ މެދު މިވަރުގެ ބޭއިންސާފެއްވާއިރު އެހެން ރައްޔިތުުންނަށް ވަކިން އިންސާފެއް ލިބޭނެ ގޮތެއް އޮންނާނެތޯ އެވެ؟" އިބްރާ ހިންގަމުން ދިޔަ މަންދު ކޮލެޖުގެ އެއްބަސްވުން ޔާމީން ސަރުކާރުގައި ބާތިލްކޮށް މިވެރިކަމުގައިވެސް އިބްރާއަށް އެކަމުގައި ލިބެންޖެހޭ އިންސާފު ނުލިބޭތީ އެކަން ފާހަގަކުރައްވާ ވިދާޅުވެފައިވެ އެވެ.

މިސިޓީގައި އިބްރާ އިތުރަށް ބުނެފައިވަނީ އަމިއްލަ ނަފްސު ގަބޫލު ނުކުރާ އުސޫލުތަކެއް ހިނގާ، ބަސްނުވިކޭ، އަގުވަޒަން ނުކުރާ ތަނެއްގައި، އަނިޔާވެރިކަމަށް ނަސްރު ދޭން ހުރުމަކީ ޒަމީރު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އެމްޑީޕީން ވަކިވެވަޑައިގަންނަވަނީ ޕާޓީން ކުރަމުން ގެންދާ ކަންކަމާއި ދެކޮޅު ހައްދަވާ އެކަންކަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުން ނުވާތީ ކަމަށްވެސް ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345