ވިޔަފާރި

ހުރަަވަޅި ރިސޯޓް މޫދު އަޑީގެ ރެސްޓޯރެންޓަކާއެކު މި އަހަރު ހުޅުވަނީ

Feb 15, 2016
3
  • މި ރިސޯޓު ހުޅުވަނީ މި އަހަރު
  • މިތަނުގައި 24 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެއް ހުރޭ
  • މިއީ 90 ކޮޓަރީގެ ރެސްޓޯރެންޓެއް

ޅ. ހުރަަވަޅި ރިސޯޓް މޫދު އަޑީގެ ރެސްޓޯރެންޓަކާއެކު މި އަހަރު ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

ނިއުޒަލޭންޑްގެ ނޫހެއްގައިވާ ގޮތުން މޫދު އަޑީގެ ރެސްޓޯރެންޓެއް ހިމެނޭ މި ރިސޯޓުގައި ހަދާ ރެސްޓޯރެންޓުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

ހުރަވަޅި ތަރައްގީ ކުރަނީ ދިވެހި ކުންފުންޏެއް ކަމަށްވާ "ޗަމްޕާ ހޯލްޑިން" އިންނެވެ. މި ރިސޯޓްގެ މޫދު އަޑީގެ ރެސްޓޯރެންޓް ވެގެންދާނީ ރާއްޖޭގައި ހުޅުވާ އެންމެ ބޮޑު އެއް މޫދު އަޑީގެ ރެސްޓޯރެންޓަށެވެ. މިތަން ހަދަނީ ނިއުޒިލޭންޑްގެ ކުންފުންޏަކުންނެވެ.

މި ރެސްޓޯރެންޓުގައި 24 މީހުންނަށް އެއް ފަހަރާ ކެއުމަށް އިންސާފުކުރެވޭނެ ޖާގައެއް އޮވެ އެވެ.

މި ރިސޯޓަކީ މޫދު ކޮޓަރިތަކާއެކު 90 ކޮޓަރި ހިމެނޭ ބޮޑު ރިސޯޓެކެވެ.