މުހައްމަދު ނާޒިމް

ނާޒިމުގެ ވައުދު: މޯލްޑިވިއަންގެ ދަތުރުތައް އަގުހެޔޮކުރުން

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތަކުގެ އަގުހެޔޮ ކުރައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވައުދުވެވަޑައިގެންފި އެވެ.

ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ނާޒިމު ވަނީ އެތެރޭގެ އުދުހުންތަކުގެ މިހާރުގެ އަގަކީ އެންމެ އެކަށީގެންވާ އަގު ނޫން ކަމަށާއި އަގުތައް ބޮޑު ކަމަށް ވިދާޅުވެފަ އެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ މޯލްޑިވިއަންގެ ޓިކެޓް އަގުތައް 20 ޕަސަންޓް ހެޔޮކުރައްވާނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ މޯލްޑިވިއަންގެ އެތެރޭގެ ޓިކެޓުގެ އަގު ހެޔޮކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށެވެ.

ޓިކެޓުގެ އަގު މިހާތަނަށް ހެޔޮ ނުކުރެވި އޮތީ ސަރުކާރުތަކުގެ ސިޔާސަތުތައް ދޯހަޅިވުމުން ކަމަށް ނާޒިމު ވިދާޅުވި އެވެ.