ދުނިޔެ

ޓައިވާން ބިންހެލުން: އުންމީދެއް ނެތުމުން މީހުން ސަލާމަތް ކުރުން ހުއްޓާލައިފި

ބިން ހެލުން އައިތާ އަށް ދުވަސް ފަހުން ބިން ހެލުމުގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ޓައިވާނުން ހުއްޓާލައިފި އެވެ. ރެކްޓާ މިންގަނޑުން 6.4 މެގްނިޓިއުޑުގެ ބާރު މިނުގައި އައި މި ބިންހެލުމުގައި 116 މީހުން ވަނީ މަރުވެފަ އެވެ.

ޓައިނަނާން ސިޓީއަށް އައި މި ބިން ހެލުމުގައި ގިނަ އަދަދެއްގެ އިމާރާތްތައް ބިމާ ހަމަވި އެވެ. މިއީ އާބާދީގައި ދެ މިލިއަން މީހުން ދިރިއުޅޭ ސިޓީ އެކެވެ.

ބިންހެލުމާ ގުޅިގެން އިމާރާތްތަކުގައި ތާށިވި 300 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ބިންހެލުމުގައި އަނިޔާ ލިބުނު 90 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ.

މި ބިންހެލުމުގައި 900،000 މީހުންނަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނު އިރު 40،000 މީހުންނަށް ފެން ލިބުމުގައި ދަތިތަކާއި ކުރިމަތި ވި އެވެ.

މި ބިންހެލުމުގައިި ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ހިޔާތަކުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާއި ވެއްޓުނު އިމާރާތްތަކާ ގުޅޭ ތަހުގީގެއް ހިންގާނެ ކަމަށް ރައީސް މާ ޔަން ޖީއޫ ވިދާޅުވި އެވެ.

ޓައިވާނަށް 1999 ވަނަ އަހަރު ރެކްޓާ މިންގަނޑުން 7.1 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފަ އެވެ. އެ ހާދިސާގައި 2،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.