މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިންޑިއާ އިން ރާއްޖެއަށް 7،000 ފޮތް ހަދިޔާކޮށްފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް 7،000 އަށް ވުރެ ގިނަ ފޮތް ހަދިޔާކޮށްފި އެވެ.

މި ފޮތްތައް ހަވާލުކޮށްފައި މިވަނީ އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ "ސަރުކާރުގެ ސްކޫލް ލައިބްރަރީތައް މުއްސަނދިކުރުން" ޕްރޮގްރާމަށެވެ.

ޖަމާލުއްދީން ސުކޫލްގައި މިކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފޮތްތަކާއި ހަވާލުވެވަޑައިގަތީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެެވެ. ފޮތްތައް ހަވާލުކޮދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު އެވެ.

އިންޑިއާ އިން ހަދިޔާކުރި ޖުމްލަ 7،115 ފޮތެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުގެ ފޮތްތައް ހިމެނެ އެވެ.

އިންޑިއާ އިން ފޮތް ހަދިޔާކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ސްކޫލް ލައިބްރަރީތައް މުއްސަނދިކުރަން އިންޑިއާ އިން ފޮތް ހަދިޔާކުރުމަކީ ދިވެހި ދަރިވަރުންގެ އުނގެނުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ

މިޕްރޮޖެކްޓްގެ ފުރަތަމަ ބެޗް ނިމޭއިރު 10،000 އަށް ވުރެ ގިނަ ފޮތް އިންޑިއާ އިން ހަދިޔާކުރުމަށް ހަމަޖެހިފައިވެ އެވެ.