ދުނިޔެ

ރާޖަޕަކްސާ ޖަވާބުދެއްވަން ނުޖެހުނީ އިންތިހާބުން ބަލިވުމުން: ސިރިސޭނާ

ހަނގުރާމަތަކާއި ބެހޭ މައްސަލަ ބަލައި ބައިނަލް އަގްވާމީ ކޯޓަކާއި ދިމާލަށް ސްރީލަންކާގެ ކުރީގެ ބޮޑު ވަޒީރު މަހިންދަ ރާޖަ ޕަކްސް ނުގެންގޮސް ސަލާމަތްވީ ލަންކާގެ މިހާރުގެ ރައީސް މައިތުރި ޕާލާ ސިރިސޭނާއަށް އިންތިހާބު ކާމިޔާބު ކުރެއްވުމުން ކަމަށް ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސިިރސޭނާ ވިދާޅުވީ ޔޫއެންގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ޒައިދު ރަޢުދު އަލް ހުސެއިން ލަންކާއަށް ޒިޔާރަތްކުރައްވުމުން ރާޖަޕަކްސަ ނެރުއްވި ބަޔާނަށް ރައްދު ދެއްވަމުންނެވެ.

ސިރިސޭނާ ވިދާޅުވީ މިދިޔަ އަހަރު ރާޖަޕަކްސަ އަށް އިންތިހާބު ކާމިޔާބު ކުރެއްވުން ނަމަ ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ކުރި ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކަށް ރާޖަޕަކްސަ ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

ރާޖަޕަކްސަގެ ސްޓޭޓްމަންޓުގައި ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް އެގްރިމެންޓްގައި ބަޔާންކޮށްފައި ވީ ނަމަވެސް އެއްމެ ފަހު ވަގުތު ލަންކާ ސަރުކާރުން ތަމަޅަ ޓައިގަރުންނަށް "ބޭވަފާތެރި" ވެފައިވާ ކަމަށެވެ.

ޒައިދު ލަންކާއަށް ވަޑައިގެންނެވީ އެތައް އަހަރެއް ވަންދެން ތަމަޅައިންނާއި ސިންހަޅައިންނާ ދެމެދު ކުރި ދާޚިލީ ހަނގުރަމަ ނިމުމަށްފަހު ތަމަޅައިންނާ ދޭތެރޭ ކަންތައް ކުރަމުންދާ ގޮތްތައް ބަލައި ދިރާސާ ކުރުމަށެވެ. އެ ހަނގުރާމައިގައި 10،000 އެއްހާ މީހުން މަރުވި އިރު އެތައްހާސް ބަޔަކު ވީނުވީ އެއް ނޭނގި ގެއްލިފައިވެ އެވެ..