ދުނިޔެ

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް އެމެރިކާއަށް

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް އެމެރިކާއަށް ވަޑައިގަންނަވަނީ އެވެ. މިއީ އދގެ އާންމު މަޖިލީހުގެ ހާއްސަ ސެޝަނެއްގައި ބައިވެރިވެ ވަޑައިގަތުމަށް އޭނާ ކުރައްވާ ދަތުރެކެވެ.

މި ދަތުރު އޮންނާނީ އަންނަ ސެޕްޓެމްބަރު ފަހުކޮޅު އެވެ.

އދގެ އާންމު މަޖިލީހުގައި މި ފަހަރު ރަޝިއާ ތަމްސީލްކުރައްވާނެ އޮފިޝަލުން ކަނޑައެޅުއްވީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ އަމުރަށް ވަކި ތަރުތީބަކުން ވަކި ބަޔަކަށް އިސްކަން ދެއްވައިގެންނެވެ.

މި ވަފުދުގައި އިސްކޮށް ހުންނަވާނީ ޚާރިޖީ ވަޒީރު ލަވްރޯފް އެވެ. އަރިހުގައި ހާރީޖީ ވަޒީރުގެ ނައިބު ޝަރުގޭ ވާޝިނިން، އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ ސަފީރު، ވައްސިލީ ނެބެންޒިއާ އަދި ގާނޫނު ހަދާ މަޖިލީހުގެ އިސް ވެރިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި މިއީ ރައީސް ޕޫޓިން ބައިވެރިވަޑައިގަންނަވާ ފެންވަރުގެ ބައްދަލުވުމެކެވެ. ނަމަވެސް ރަޝިއާއަށް ހުޅަނގުން އަޅާފައި ހުރި ދަތިކުރުންތަކާ ހެދި އެމެރިކާއަށް ވަޑައިގަތުމަށް ޕޫޓިން ބޭނުންފުޅު ނުވަނީ އެވެ.

އދގެ އެއްވެސް ސެޝަނެއްގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިތުމަށް ޕޫޓިން ޝައުގުވެރިވެ ވަޑައި ނުގަންނަވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުން އދގެ ސެޝަންތަކުގައި ބައިވެރިވުން ރަޝިއާއަށް ދަތި ކަމަކަށް ވެފައިވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

އދގެ ހެޑްކުއާޓަރު ހުންނަނީ އެމެރިކާގެ ނިއުޔޯކްގަ އެވެ. އެމެރިކާއަށް އެރެނީ އެ ގައުމުން ވިސާ ދިން ބަޔަކަށެވެ.

އދގެ ގަވާއިދަކީ އެ ޖަމާއަތުގެ ބޭނުމަކަށް -- ސަމިޓެއްގައި، މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިންވުން ފަދަ ބޭނުމަކީ އެމެރިކާއަށް ދަތުރުކުރާނަމަ ކޮންމެ މީހަކަށް ވެސް އެމެރިކާއިން ވިސާ ދިނުމެވެ. ނަމަވެސް މިއީ އަލަމަކުރެވޭ ގަވާއިދެއް ނޫނެވެ. އެމެރިކާއިން ވިސާ ދެނީ އެ މީހުންނަށް ފެނުނު ބަޔަކަށެވެ.

ރަޝިއާއިން މިދާކަށް ދުވަހު އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތު ވެސް ބެލެހެއްޓި އެވެ. މިގޮތުން ރަޝިއާގެ އޮފިޝަލުން އެމެރިކާއަށް ކުރި ދަތުރުތަކަށް އެމެރިކާއިން ވަނީ ހުރަސްއަޅާފަ އެވެ. އަދި ބައެއް އޮފިޝަލުންނަށް ވިސާ ނުދީ ވަނީ ފޮނުވާލާފަ އެވެ.