ޕެނަލްޓީ ޖަހައިގެން 5-4އިން ބަނގްލަދޭޝް އަތުން ބަލިވެ، ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ މަގާމު ރާއްޖެ އަށް މިއަދު ގެއްލިއްޖެ އެވެ.
ރާއްޖެއަށް ތިން ވަނަ ގެއްލުނީ 2-2އިން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ފަސް ވަނަ އަށް ޖެހި ޕެނަލްޓީ އިސްމާއީލް އީސާ (މެސީ) އަތުން ނާކާމިޔާބުވުމުންނެވެ. ޕެނަލްޓީތަކުގެ ތެރެއިން ރާއްޖެ އަށް ކާމިޔާބުކުރީ އަހުމަދު ވިސާމް (ޖެރާޑް) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ސެންޓޭ އާއި ސައްމާމް ޖެހި ޕެނަލްޓީ އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުގައި އެންމެ ފަހު ވަގުތު ނޭޕާލް އަތުން ބަލިވި، ރާއްޖެ ކޮޅަށް މިއަދު ބަނގްލަދޭޝްގެ ނަބީބް ޖިބޮން ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި ރާއްޖޭގެ ދެ ގޯލު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. ނަމަވެސް މެޗުގެ މެޗުގެ ފުރިހަމަވަގުތު 2-2އިން އެއްވަރުވީ ސުހައިލް ރާނާ ޖެހި ލަނޑުންނެވެ.
މި މުބާރާތުގައި ލަންކާގެ މައްޗަށް ފުރަތަމަ މެޗުގައި ކުރި ހޯދި މެޗު ފިޔަވައި ރާއްޖެ އަށް ދެން އެއްވެސް މެޗަކުން ކާމިޔާބެއް ނުލިބެ އެވެ. ގްރޫޕް ފަހު މެޗުގައި އިންޑިޔާ އަތުން ބަލިވިއިރު ނޭޕާލް އަތުން ސެމީ ފައިނަލުގައި ބަލިވީ އެންމެ ފަހު ދެ މިނިޓްތެރޭގައި ދެ ލަނޑު ވަދެގެން 4-3އިންނެވެ.
މުބާރާތުގެ ފައިނަލުގައި ކުޅޭނީ ނޭޕާލާއި ސެމީގައި ބަނގްލަދޭޝް ބަލިކުރި އިންޑިޔާ އެވެ.