ފިނިޕޭޖް

ޗެޑް މައިކަލް މަރޭއަށް ތިންވަނަ ދަރިއަކު ލިބިއްޖެ

އެކްޓަރު ޗެޑް މައިކަލް މަރޭ، 41، އާއި އަންހެނުން ސޭރާ ރޯމާ، 38، އަށް ތިން ވަނަ ދަރިއަކު ލިބިއްޖެ އެވެ.

މި ދެމަފިރިންގެ ތިންވަނަ ދަރިފުޅު ދުނިޔެއަށް އައި ކަމުގެ ހަބަރު އިންސްތަގްރާމްގައި ހިއްސާކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ސޭރާގެ ޕޯސްޓްގައި ދަރިފުޅުގެ މޫނު ނުފެންނަ ފޮޓޯއެއް ހިއްސާކޮށްފައިވީއިރު އެ ފޮޓޯއަށް ސަމާލުކަން ލިބެނީ ތުއްތު ދަރުފުޅުގެ ފައިގައި އިން ހިތުގެ ނިޝާނަށެވެ.

ސޭރާ ބުނީ އޭނާގެ ތުއްތު އަންހެން ދަރިފުޅަ ދުނިޔެއަށް އައީ މިދިޔަ ހަފްތާގައި ކަމަށާއި ދަރިފުޅު ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އަދި ލޯބި ލޯބި ދުވަސްތައް އިސާހިތަކު ގޮސްދާނެތީ، އެފަދަ ވަގުތުތައް އިހްސާސްކުރަނީ ކަމަށެވެ.

ޗެޑްވެސް ވަނީ ސޭރާ ހިއްސާކުރި ޕޯސްޓް އަލުން ޕޯސްޓް ކުރުމަށްފަހު "ފެމިލީ"އާއި ހިތުގެ އިމޯޖީއަކާއެކު ހިތްފުރިއްޖެ ކަމަށް ބުނަމުން ދަރިފުޅު އަތުވެއްޖެ ކަމަށް ބުނެފަ އެވެ.

އަލަށް ލިބުނު ތުއްތު އަންހެން ދަރިފުޅުގެ އިތުރުން، ޗެޑް އަދި ސޭރާގެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ހުރެ އެވެ.

މި ދެ ތަރިން 2014 ގައި ލޯބީގެ ގޮތުން ގުޅުމަށްފަހު ކައިވެނިކޮށްފައިވަނީ ޖެނުއަރީ 2015 ގައެވެ. އަދި އެ އަހަރުގެ ފަހުކޮޅު ފުރަތަމަ ކުއްޖާ (ފިރިހެން) ލިބިފައިވާއިރު 2017 ގައި ދެވަނަ ކުއްޖާ (އަންހެން) ލިބިފައިވެ އެވެ. މިއީ ޗެޑްގެ ދެވަނަ ކައިވެންޏެވެ.