އިލްޔާސް ލަބީބް

އިލްޔާސްގެ ވައުދު: ގްރީން ޓެކްސްގެ 50 ޕަސަންޓް އަތޮޅުތަކަށް

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީގެ 50 ޕަސަންޓް އެ އަތޮޅެއްގެ ކައުންސިލަށް ދެއްވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ކެމްޕޭންގައި ނ. ވެލިދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ އަތޮޅުގެ ރަށްތައް ތަރައްގީވާނީ ރަށުގެ ރައްޔިތުންނަށް ލިބޭ އާމްދަނި އިތުރުވެގެން ކަމަށެވެ.

އެގޮތުން ޑިމޮކްރެޓުންގެ ސަރުކާރެއްގައި އަތޮޅަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީގެ 50 ޕަސަންޓް އެ އަތޮޅެއްގެ ކައުންސިލަށް ލިބޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ޑައިވް ސެންޓަރުތަކުގެ ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށް ޑިމޮކްރެޓުންގެ ސަރުކާރެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ޖީއެސްޓީ ނަގާ ރޭޓް އަށް ޕަސަންޓުން ހަ ޕަސަންޓަށް ކުޑަކުރައްވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.