ގައްދޫ

މުއްދަތު ހަމަވެފައި ހުރި އައިވީ ގުޅި މައްސަލައިގައި މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި

މުއްދަތު ހަމަވެފައިހުރި އައިވީއެއް ކުޑަކުއްޖަކަށް ގުޅި މައްސަލައިގައި ގދ. ގައްދޫ ސިއްހީ މަރުކަޒުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

ހެލްތު މިނިސްްޓްރީން ބުނީ ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައިވާ އައިވީ ގުޅި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ނިމެންދެން އެ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މުއްދަތު ހަމަވެފައި ހުރި އައިވީތަކެއް ގުޅި މައްސަލައިގައި ގައްދޫގައި އިއްޔެ ވަނީ މުޒާރަހާވެސް ކޮށްފަ އެވެ.