ޑރ. މުހައްމަދު މުއިއްޒު

ޑރ. މުއިއްޒު ށ. އަދި ނ. އަތޮޅަށް

މުއިއްޒު އުތުރަށް ކުރައްވާ ދަތުރުފުޅުގައި ފްލައިޓުން ފައިބާ ވަޑައިގަންނަވަނީ
0%
0%
0%

ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ދަތުރުފުޅެއްގައި އުތުރަށް ވަޑައިގެންފި އެވެ.

މުއިއްޒު އުތުރަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފައި މިވަނީ އައްޑޫ ސިޓީގައި މިދިޔަ ދެ ދުވަހު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމަށްފަހު އެވެ.

މުއިއްޒު އުތުރަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށެވެ.

މުއިއްޒު އުތުރަށް ކުރައްވާ ދަތުރުފުޅުގައި ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވަނީ

ޕީޕީއެމް ޕީއެންސީގެ އެންމެ އިސް ބޭފުޅުން މުއިއްޒުއާ އެކު އުތުރު ދަތުރުފުޅުގައިވެސް ބައިވެރިވެ އެވެ.

މުއިއްޒުގެ ކެމްޕޭންގައި މިހާތަނަށް ވަނީ ހއ. ހދ. ކ. ވ. މ. ފ. ދ. އަދި އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910