މޯޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

ބެންކޮކް އެއާވޭސްގެ ރާއްޖޭގެ ދަތުރުތައް އަލުން ފަށަނީ

ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމެއް ކަމަށްވާ ތައިލެންޑްގެ ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.

ބެންކޮކް އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ކުރަނީ އާންމު ގޮތެއްގައި ފިނި މޫސާ ދިމާކޮށެވެ.

ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު އެއްވަނަ ދުވަހު އެވެ.

ޑޮން މުއާންގް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ މިދަތުރުތަކުގެ ޓިކެޓް ވިއްކަނީ 427 ޑޮލަރަށެވެ.

މިދަތުުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހަފްތާގެ އާދީއްތަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހު އެވެ.

މިދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އޭ 320 މަރުކާގެ މަތިންދާ ބޯޓުތަކެކެވެ.