އިންޑިއާ

ވިސްޓާރާ އެއާގެ ދިއްލީ-މާލެ ދަތުރުތައް ފަށަނީ

އިންޑިއާގެ ނިއުދިއްލީ އިން އެއާ ވިސްޓާރާގެ ދަތުރުތައް މިއަހަރުގެ އޮކްޓޫބަރުގައި ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

ނިއުދިއްލީއާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރިއަށް ގެންދާ ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

ވިސްޓާރާ އެއާ އިން ކުރިން ދަތުރުތައް ކުރަމުން ދިޔައީ މުމްބާއި އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވަނީ ޓިކެޓް ބުކްކުރަން ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ވިސްޓާރާ އެއާ އިން ދިއްލީ މަގުން ދަތުރުތައް ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެ އެވެ.

މިދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އޭ 320 ނިއޯ އެއާކްރާފްޓެވެ.