ޑރ. މުހައްމަދު މުއިއްޒު

މުއިއްޒަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް

ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް ވަޑައިގެންފި އެވެ.

މުއިއްޒުގެ މިދަތުރުފުޅުގައި ފުވައްމުލަކުގެ އިތުރުން ގއ. އަތޮޅާއި ގދ. އަތޮޅަށްވެސް ވަޑައިގަންނަވާނެ އެވެ.

މުއިއްޒު ފުވައްމުލަކަށް ވަޑައިގެންފައި މިވަނީ މިދިޔަ ދެ ދުވަހު މާލޭގައި ކެމްޕޭން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްފަހު އެވެ.

މުއިއްޒު ދެ ކުރައްވާ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށެވެ.

ފުވައްމުލަކަށް މުއިއްޒު ވަޑައިގަތުމުން އެ ސިޓީގެ އެއާޕޯޓުން މުއިއްޒުގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މުއިއްޒުގެ ކެމްޕޭންގައި މިހާތަނަށް ވަނީ ހއ. ހދ. ށ. ނ. ކ. ވ. މ. ފ. ދ. އަދި އައްޑޫ ސިޓީއަށްވެސް ވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އެވެ.