ބާރަވަނަ ދޯހާ އިންޓަފެއިތު ޑައިލޮގް ކޮންފަރަންސްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ތަގުރީރު ކުރައްވައިފި އެވެ.
ދޯހައި އިންޓަފެއިތު ޑައިލޮގް ކޮންފަރަންސްގައި މިނިސްޓަރު ޒިޔާދު ދެއްވި ތަގުރީރުގައި ވިދާޅުވީ މުޖުތަމައުއެއް ތަރައްގީވެ ކުރިއަރައި ދިޔުމަށް އޮންނަ ފުރަތަމަ ޝަރުތަކީ އަމަންއަމާންކަން ގައުމުގައި ގާއިމް ކުރެވިފައި އޮތުން ކަމަށާއި ފިކުރީ އަމާންކަން އޮންނާނީ ހަރުކަށިކަމެއް ނެތް އިންސާނީ އަގުތައް އެކުލެވޭ ލަނޑުދަނޑިތަކެއް ހާސިލް ކުރެވިގެން ކަމަށެވެ.
"މިކަމަށްޓަކައި މުސްލިމުން ދީނީ ތައުލީމަށް އަހުލުވެރި ކުރުވުމާއި އެބައިމީހުންގެ ތެރޭގައި އިސްލާމީ ސަގާފަތް ކުރިއެރުވުމާއި އެކު އެމީހުން ﷲ އަށް ކިޔަމަންތެރިވުން މުހިންމު،" ޒިޔާދު ވިދާޅުވި އެވެ.