ސަންގު ޓީވީ

ސަންގު ޓީވީގެ ބަހުސް ހޮނިހިރު ދުވަހުގެ ރޭ

ސަންގު ޓީވީ އިން އިންތިޒާމުކޮށްފައިވާ ރިޔާސީ ބަހުސް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

ދައުލަތުގެ މީޑިއާ އިން އިންތިޒާމުކޮށްފައިވާ ރިޔާސީ ބަހުސް މިއަދު ކެންސަލް ކޮށްފައިވާތީ ސަންގު ޓީވީގެ ބަހުސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދައުލަތުގެ މީޑިއާއާ ގުޅިގެންނެވެ.

ސަންގު ޓީވީގެ ބަހުސްގައި ވާދަކުރުމަށް ފުރުސަތު ދީފައިވަނީ ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެކަންޏެވެ.

ޕާޓީތަކުން ވާދަކުރަނީ އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީން ޑރ. މުހައްމަދު މުއިއްޒުއާއި ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމްއާއި ދަ ޑިމޮކްރެޓްސް އިން އިލްޔާސް ލަބީބްގެ އިތުރުން އެމްއެންޕީން މުހައްމަދު ނާޒިމް އެވެ.

ސަންގު ޓީވީގެ ބަހުސްއަށް ދައުވަތު ދިން ހުރިހާ ކެންޑިޑޭޓުންވެސް ދައުވަތު ގަބޫލުކުރައްވާފަ އެވެ.

މިބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9-11 އަށެވެ. ބަހުސް ކުރިއަށް ގެންދަން ނިންމާފައިވާ ތަނެއް އަދި އެނގިފައެއް ނުވެ އެވެ.