ހަބަރު

ހެންވޭރު ބީޗުގައި ވެސް ޕޮލިސް ޕޯސްޓެއް ބަހައްޓައިފި

ހެންވޭރު އާޓިފިޝަލް ބީޗުގައި ޕޮލިސް ޕޯސްޓެއް ބަހައްޓައި 24 ގަޑިއިރު ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ވަނީ ދާދިފަހުން މާފަންނުގައި ހުޅުވި ރަސްފަންނު ބީޗުކައިރީގައި ވެސް ޕޯސްޓެއް ބަހައްޓައި އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ.

ފުލުހުން ބުނީ މާލޭގައި މީހުން ގިނައިން ޒިޔާރަތްކުރާ ސަރަޙައްދުތައް ގާތުން ބަލަހައްޓައި އެސަރަޙައްދުތަކަށް ޒިޔާރަތްކުރާ މީހުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާރު ހެންވޭރު އާޓިފިޝަލް ބީޗުގައި ވެސް ޕޮލިސް ޕޯސްޓެއް ބަހައްޓާފައިވާނެ ކަމަށެވެ.

އެ ޕޯސްޓުތަކުގައި ތިބޭ ފުލުހުން 24 ގަޑިއިރު އާޓިފިޝަލް ބީޗު ބަލަހައްޓާނެ ކަމަށް ފުލުހުން ބުންޏެވެ.