ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ވައުދު: ލ. އަތޮޅަށް ޓްރާންސްޝިޕްމަންޓް ބަނދަރެއް

ލ. ފޮނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕީޕީއެމް
0%
0%
0%

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ލ. ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރައްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް އެ ސަރަހައްދުގައި މަޝްރޫއުތައް ހިންގަންޖެހޭ ކަމަށެވެ.

އެގޮތުން ޓްރާންސްޝިޕްމަންޓް ބަނދަރު ގާއިމުކުރާނީ އެކަމަށް ބޭނުންވާ ހިދުމަތްތަކާއެކު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ގާދޫއަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ބަންކަރިން ފެސިލިޓީ ހިމެނޭ ތަނަކަށް ހަދައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވަނީ ފޮނަދޫ އާއި ގާދޫއާ ދޭތެރެ ހިއްކާ ރިސޯޓެއް ގާއިމުކޮށް ކޯޒްވޭއަކުން ފޮނަދޫ އާއި ރިސޯޓު އަދި ގާދޫ ގުޅާލުމަށް ވައުދުވެވަޑައިގެންފަ އެވެ.

މުއިއްޒު ވަނީ ފޮނަދޫގެ ބިން ހިއްކާ ސޯޝަލް ހައުސިން މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ.

މީގެ އިތުރުން ފޮނަދޫގައި ޔުނިވާސިޓީއެއް ގާއިމުކޮށް ގަމު ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910