މަސްތުވާތަކެތި

ޑްރަގު ޓްރެފިކް ކުރި މީހަކު ކޯޓަށް ހާޒިރުކުރަން ހޯދަނީ

މަސްތުވާއެއްޗެއް ޓްރެފިކް ކުށުގެ ކޯޓަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއި ވަނަވަރު އާންމުކޮށް ހޯދަން އިއުލާންކޮށްފައިވަނީ ހ. ރަތްކުންނާރުގެ، އާރިޝް ޝިޔާމް (29އ) އެވެ.

ފުލުހުން ބުނީ އާރިޝް ހޯދަމުންދަނީ ދައުލަތުން ދައުވާ ކުރާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ.

އާރިޝް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ މާދަމާ ހެނދުނު 11:15 ގައެވެ.

ފުލުހުން ވަނީ އާރިޝްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.