ޓެކްސީގެ ހިދުމަތް

ޓެކްސީ ގަތުމަށް "ޓެކްސީ ނަފާ ލޯނު" ތައާރަފްކޮށްފި

ޓެކްސީ ދުއްވަން ކާރު ގަތުމަށް "ޓެކްސީ ނަފާ ލޯނު" ތައާރަފްކޮށްފި އެވެ.

އެސްޑީއެފްސީ އިން ދޫކުރާ މި ލޯނުގައި ތިން ލައްކަ ރުފިޔާއާ ހަމައަށް ލޯން ނެގޭނެ އެވެ.

ޓެކްސީ ނަފާ ލޯން ދޫކުރަނީ ޓެކްސީ ކުރާ މީހުންނަށާއި ގިނަ ދުވަސްވީ ކާރުތައް ދުއްވާ މީހުންނަށް ކާރު ބަދަލުކުރުމަށާއި އަލަށް ޓެކްސީ ކުރަން ބޭނުންވާ މީހުންނަށެވެ.

ލޯނަށް އެދޭ މީހަކީ ޓެކްސީ ކުރާ މީހުންގެ ތެރެއިން އަމިއްލަ ކާރެއް ނެތް މީހަކަށް ވާންޖެހެ އެވެ. އަދި ޓެކްސީގެ ގޮތުގައި ބޭނުންކުރާ ކާރަކީ 10 އަހަރުވީ ކާރަކަށް ވުމާއި، ޓެކްސީ ކުރާތާ އެއް އަހަރުވީ މީހަކަށް ވާންޖެހެ އެވެ.

ފަސް އަހަރުން އަނބުރާ ދައްކާ ގޮތަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިޑިއަޑެއްވެސް ހިމެނޭ މި ލޯން ދޫކުރަނީ ހަ ޕަސަންޓާއި އަށް ޕަސަންޓްގެ އިންޓަރެސްޓް ރޭޓު ގައެވެ.

ލޯން ދޫކުރާއިރު އިކުއިޓީއެއް އަދި ކޮލެޓްރަލްއެއް ބޭނުން ނުވި ނަމަވެސް ލޯނަށް ނަގާ ޓެކްސީ މޯގޭޖު ކުރެ އެވެ.