ލައިފްސްޓައިލް

ރާއްޖޭގައި އުޅޭ މަހުގެ ކުލަތަކުން ބޭރުގެ މޭކަޕް އާޓިސްޓެއްގެ ހުނަރު ދައްކާލައިފި

Feb 17, 2016
2
  • މި ހަރަކާތް ހިންގީ ކޯނީއާ ގުޅިގެން
  • މޭކަޕުން ފަރު މަހުގެ ކުލަތައް ފެނޭ
  • އޭނާގެ ފުރިހަމަ ހުނަރު ފެނިގެންދޭ

ރާއްޖޭގެ ފަރުތައް ވަނީ އަޖައިބުން ފުރިފަ އެވެ. ހާއްސަކޮށް ފަރުގައި އުޅޭ ކުދި މަސްތަކުގެ ކުލަތައް އެހާމެ ޗާލެވެ. މި ކުލަތައް ބޭނުންކޮށްގެން އިނގިރޭސި ހުނަރުވެރިއަކު މިވަނީ އޭނާގެ ހުނަރު ދުނިޔެއަށް ދައްކާލާފަ އެވެ. އިނގިރޭސި ރައްޔިތެއް ކަމަށްވާ "ކާލާ ޕަވެލް" މިވަނީ މޭކަޕް އާޓިސްޓެއްގެ ގޮތުގައި މިކުލަތައް ބޭނުންކޮށްފަ އެވެ.

"ބްރޭކިން ނިއުސް" ވެބްސައިޓްގައިވާ ގޮތުން ކޯނީއާ ޓްރެވަލްސް އާއި ލަންޑަންގެ ބްލޮގާއެއް ކަމަށްވާ ކާލާ ޕަވެލް ގުޅިގެން ދައްކާލާފައި މޭކަޕުން ފެންނަނީ ރާއްޖޭގެ މުރަކަ ފަރުތަކުގައި ދިރިއުޅޭ މަސްތަކުގައި ހުންނަ ކުލަތަކެވެ.

ކާލާގެ މޭކަޕް ފިހީގެ ކުރިއަށް ގެނެސްފައިވާ ކުރެހުންތަކުގެ ތެރޭގައި ރާއްޖޭގެ ފަރުތަކުގައި ދިރިއުޅޭ ހިތްގައިމު ރޮނޑުގެ ކުލަތައް ހިމެނެ އެވެ. މި ކުލަތައް ބޭނުންކޮށްގެން އޭނާ ވަނީ ލިޕްޓިސްގެ ސަޅި ކުރެހުމެއް ދައްކުވައިދީފަ އެވެ. މީގެ އިތުރުން ދިވެހި އެންވެރިކަމުގައި ބޭނުންކުރާ ނިލަ މެހީގެ ކުލަތަކާއި ފަރުތަކުން އާއްމުކޮށް ފެންނަ ތުންބިބީ ފަދަ މަސްތަކުގައި ހިމެނޭ ހިތްގައިމު ކުލަތައް ވެސް އޭނާ ބޭނުންކޮށްފައިވެ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި ރާއްޖޭގެ ފަރުތަކަކީ އަޖައިބު ކުރުވަނިވި ރީތި ތަންތަނެވެ.

"ރާއްޖޭގެ ކަނޑުގެ މާހައުލު ދިރާސާ ކުރުމުން އެނގުނީ ކަނޑުގެ އާދަޔާ ހިލާފު ދިރުންކެއް ހުރިކަން. އެންމެ އުނދަގޫވީ އޭގެ ތެރެއިން އެންމެ ގުޅޭ އެއްޗެއް ހިޔާރުކުރަން،" ކާލާ ބުނެފައިވެ އެވެ.