މޯލްޑިވްސް ޕޮލިސް ސާވިސް

މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ

މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

މި ދޯނި އަޑިއަށް ގޮސްފައިވަނީ ބ. ދަރަވަންދޫއާއި ދިމާ ބޭރުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހަށް ލިބިފައިވަނީ މިއދު ހެނދުނު 10:40 ހާއިރު އެވެ.

ދޯނި އަޑިއަށް ދިޔަ އިރު އެ ދޯނީގައި 13 މީހުން ތިއްބެވެ. އެއީ ދިވެއްސަކާއި 12 ބިދޭސީންނެވެ.

ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ބޯޓުގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.