ހަބަރު

ފެމިލީ ކޯޓުގެ އިސްގާޒީގެ މައްސަލަ ބަލަނީ ފަނޑިޔާރެއް ކޮރަޕްޓް ކަމަށް ވިދާޅުވެގެން

ޖުޑިޝިއަލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު އެ ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ. ގާޒީ ހަސަން ސައީދަށް ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

ފެމިލީ ކޯޓުގެ އިސްގާޒީ ހަސަންގެ މައްސަލައެއް ޖޭއެސްސީއިން ބަލަން ފެށީ، ހައިކޯޓުގެ ފަނޑިޔާރަކަށް ފާޑު ވިދާޅުމުންނެވެ. ގާޒީ ހަސަން ހައިކޯޓުގެ ފަނޑިޔާރަކަށް ފާޑު ވިދާޅުވެފައިވަނީ، ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. ގާޒީ ހަސަން ވިދާޅުވެފައިވަނީ ހައިކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓް ފަނޑިޔާރުން ކަމަށެވެ.

އަދި އެ ފަނޑިޔާރުން ހުރިހާ ކަމެއް ކުރަނީ ހިޔާ ބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ދޭހަވާ ގޮތަށް ގާޒީ ހަސަން ސައީދު ވާހަކަ ދައްކަވާފައިވާ ކަމަށް ވެސްވެ އެވެ.

އަންނަ އާދިއްތަ ދުވަހު 11:00 އަށް އިސްގާޒީ ހަސަންއަށް ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވާއިރު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވަނީ ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރަން ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.