އޮބިޗުއަރީ

ލަވަކިޔުންތެރިޔާ މަސްއޫދު ނިޔާވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ މަސްއޫދު މޫސާ ދީދީ ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ ސިއްހީ ފަރުވާއަށް މިއަދު މެންދުރުފަހު އިންޑިއާ އަށް ގެންދިޔަ ފަހުން އެއާޕޯޓުގައި ހުއްޓާ ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށްވެ އެވެ.

މަސްއޫދަކީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ އިންޑިއާ އަށް ދިޔައީވެސް އެކަމުގައި މާބޮޑަށް ހާލު ގޯސްވުމުން ކަމަށް ގާތް ބައެއް ބޭފުޅުންގެ ފަރާތުން އެނގިފައިވެ އެވެ.

ސިފައިންގޭގައި އުޅުނު ދުވަސްވަރު ލަވަ ކިޔަން ފެށި މަސްއޫދު އެންމެ ބޮޑަށް ވިދާލީ އޮލިމްޕިއަންސްގެ ޝޯ ތަކުގައެވެ.

މަސްއޫދު ނިޔާވިއިރު ދުނިޔޭގައި ތިން ކުދިން އެބަ ތިއްބެވެ.