ރައީސް އޮފީސް

މޮރިޝަސް އަށް ފޮނުވި ސިޓީ ލީކުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރާއްޖެއާއި މޮރިޝަޝްއާ ދެމެދު ހިޔާލު ތަފާތުވެފައި އޮތް ކަނޑުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުވެގެން އުޅޭ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށް ރައީސް އޮފީހުން ޔަގީންކޮށްދެ އެވެ. އަދި އެ ސިޓީ އާންމުވާން މެދުވެރިވި ގޮތް ބަލާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މޮރިޝަސަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ފޮނުއްވި ސިޓީ އާންމުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށްފަހު ސަރުކާރަށް ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކޮށް ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

އާންމުވެގެން އުޅޭ ސިޓީގައިވާ ގޮތުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ދިވެހި ސަރުކާރުތަކުން ގެންގުޅެފައިވާ ސްޓޭންޑް ބަދަލުނުކުރާނެ ކަމަށް ބުނެފައިވެ އެވެ.

މިސިޓީގައިވާ ގޮތުން ރާއްޖެއިން ވަނީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެގޮތަށް އެއްބަސްވަނީވެސް އޭރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދިޔަ ކަނޑުގެ މައްސަލައިގެ އިތުރުން ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައަށް އަސަރު ނުކުރާ ގޮތަށް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މިސިޓީ ފޮނުވާއްފައިވަނީ 22 އޮގަސްޓް 2022 ގައެވެ.

ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލި ކަމަށް ބުނާ މައްސަލަ ރާއްޖޭގެ ބާ ކައުންސިލުން ވެސް މީގެކުރިން ބަލާފައިވެ އެވެ. އެ މައްސަލަ ދިރާސާކުރުމަށްފަހު ބާ ކައުންސިލުން ވެސް ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ފަދަ ކަމަކަށް ސަރުކާރުން އެއްބަސްވެފައި ނުވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910