ވިޔަފާރި

ހާއްސަ ހަދިޔާ ތަކެއް ލިބޭ "ވެދުން" އުރީދޫއިން ފަށައިފި

އުރީދޫގެ ކަސްޓަމަރުން ހޭދަކުރާ ކޮންމެ ރުފިޔާއަކަށް ހާއްސަ ރިވޯޑް ޕޮއިންޓް ލިބޭ "ވެދުން" ޕްރޮމޯޝަން އުރީދޫއިން އިފްތިތާހް ކޮށްފި އެވެ.

ހޭދަކުރާ ކޮންމެ ރުފިޔާއަކަށް ޕޮއިންޓްލިބޭ ގޮތަށް އޮންނަ މި ހިދުމަތް ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ލިބޭނެ އެވެ.

މި ހިދުމަތާއި ބެހޭގޮތުން އުރީދޫ އިން ބުނީ މި ޕޮއިންޓްތައް ބޭނުން ކޮށްގެން ހިލޭ މިނެޓް، އެސްއެމްއެސް، ޑޭޓާ އަދި އެހެނިހެން ހަދިޔާތައްވެސް ހޯދޭނެ ކަމަށެވެ. މި ހިދުމަތުގައި ބައިވެރިވުމަށް *666# ޖަހާފައި މެސެޖް ފޮނުވުމުން ހިދުމަތްތައް ބޭނުން ކުރެވޭނެ އެވެ.

މިއަދުން ފެށިގެން ޕޮއިންޓަތައް ގުނަން ފަށާ މި ހިދުމަތުގައި ލިބޭ ޕޮއިންޓްތައް އެއް އަހަރު ތެރޭގައި ބޭނުން ނުކޮށްފިނަމަ އަލުން ޕޮއިންޓައް ގުނަން ފަށާނެ އެވެ. ވެދުން އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނާއި އެންމެ ގާތުން މަސައްކަތް ކުރަން ކަމަށާއި މިއީ ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދޭ ހަދިޔާ އެއް ކަމަށެވެ.

ވެދުންގެ ޕާޓްނަރުންގެ ފަރާތުންވެސް ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ވެދުންގެ ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ހަމީދިއާ، ކެފޭ އަޔާ، ފެންޓަސީ ސްޓޯ، ނަޝީ ކޭކްސް އަދި ރެޑްވޭވް އެވެ. ވިކްރަމް ވަނީ ކުރިއަށް އޮތްތަނުގައި މި އިނާޔާތްތައް ފުރިހަމަ ކުރުމަށް ބައިނަލް އަގްވާމީ ޕާޓްނަރުންނާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.