ދުނިޔެ

އައިފޯން 15: ހަފުލާ ކުރިއަށް

އައިފޯން 15 ޕްރޯގެ އަގަކީ 999 ޑޮަލަރެވެ. މިއީ އައިފޯން 14 ޕްރޯ ވެސް ވިއްކި އަގެވެ. އައިފޯން 15 ޕްރޯ މެކްސްގެ އަގު ވަނީ އައިފޯން 14 ޕްރޯ މެކްސް އަށް ވުރެ 100 ޑޮލަރު ބޮޑުވެފަ -- އަގަނީ 1،199 ޑޮލަރެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް އައިފޯން 15 މޮޑެލްތަކަށް އަލިއަޅުވާލެއްވަށް ފަހު އަގުތަކާ ބެހޭ ގޮތުން ވެސް ވިދާޅުވި އެވެ. އައިފޯން 15 ގެ އަގަކީ 799 ޑޮލަރެވެ. އައިފޯން 15 ޕްލަސްގެ އަގަކީ 899 ޑޮލަރެވެ.

އެޕަލް އިވެންޓްގައި މިހާރު ކުރިއަށް ދަނީ އައިފޯން 15 ގެ ތައާރުފު އެވެ. އައިފޯން 15 ގެ މޮޑެލްތަކާ ބެހޭ އެޕަލުން މިރޭ އާންމުކުރި އެންމެ ބޮޑު ހައިރާން ކަމަކީ -- މިހާތަނަށް އައިފޯނުތަކުގައި އިން ލައިޓްނިން ކަނެކްޓަރު، ޓައިޕްސީއަށް މުޅިން ބަދަލުކުރުމެވެ.

އައިފޯން 15ގެ ކަވަރު ނަގައި އާންމުކުރަން އެޕަލުން މިރޭ އިންތިޒާމު ކުރި ހަފުލާގައި މުޅިންހެން ދައްކަނީ އެޕަލް އިން ހާސިލްކޮށްފައި ހުރި ލަނޑުދަނޑިތަކުގެ ވާހަކަ އެވެ. ތިމާވެށި ރައްކާތެރިކުރުމަށް އެޕަލްގެ އުފެއްދުންތަކަށް ގެނައި ބަދަލުތަކުގެ ވާހަކަ އެވެ.

އެޕަލުން މިރޭ އެންމެ ފުރަތަމަ ކަވަރު ނަގައި ތައާރުފުކުރީ އެޕަލް ވޮޗް ސީރީޒް 9 -- އެޕަލް ވޮޗް އަލްޓްރާ 2 އެވެ. މިއީ ސްކްރީން އަލިގަަދަ އަދި މީގެ ކުރިން އެޕަލުން ނެރުނު ސީރީޒްތަކަށް ވުރެ ބާރުގަދަ ގަޑިއެކެވެ. މި ގަޑީގައި ސިރީ ބޭނުންކުރުން ފަސޭހަކުރުމަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

އެޕަލް ވޮޗް ސީރީޒްގެ އަގުތައް ފެށެނީ 399 ޑޮލަރުންނެވެ. އެޕަލް ވޮޗް އަލްޓްރާގެ އަގަކީ 799 ޑޮލަރެވެ. މިއަދުން ފެށިގެން ޕްރިއޯޑަރު ވަނީ ހުޅުވާލާފަ އެވެ. އެހެން ނަމަވެސް ވިއްކަން ފަށަނީ ސެޕްޓެމްބަރު 22 އިން ފެށިގެންނެވެ.

އެޕަލް ވޮޗް ބެޓެރީ 18 ގަޑިއިރުން 36 ގައޑިއިރަށް -- ޗާޖު ހިފައްޓައިދޭ ގޮތަށް ސީރީޒް 9 ވަނީ ފަރުމާކޮށްފަ އެވެ. މިއީ އެވްރެޖު ބޭނުންތަކަށް ބެޓެރީ ފައްކާކޮށްފައި ހުރި ނިސްބަތެވެ.