ދުނިޔެ

ރަޝިއާއަށް ވާގިވެރިވުމުގައި ދެމިހުންނާނަން: ކިމް ޖޮން އުން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން މިހާރު އުޅުއްވަނީ -- ދުނިޔެއަށް ގޮންޖެއްސެވުމަށް ފަހު -- ރަޝިއާއަށް ވަޑައިގެން، އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިންގެ އަރިހުގަ އެވެ.

މި ދެ ގައުމާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި ދަތިކުރުންތަކާ އެކުވެސް، މި ދެ ލީޑަރުން ތިއްބެވީ އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ އެއްބާރުލެއްވުމުގަ އެވެ.

ކިމް ޖޮން އުން އެއްގަމު މަގުން ރޭލުގައި ރަޝިއާއަށް ވަޑައިގެން ޕޫޓިންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައި، އޭނާގެ ހިތުގައި ރަޝިއާއަށް އޮތް ގަދަރާއި ލޯތްބަށް އަލިއަޅުވާލެއްވި އެވެ.

ކިމް ވިދާޅުވީ ރަޝިއާ އަކީ އޭނާއަށް ވަރަށް ޚާއްސަ ފަސްގަނޑެއް ކަމަށާއި އުންމީދަކީ ތާއަބަދަށް ރަޝިއާއާ އެކުގައި ވެވަޑައިގަތުން ކަމަށެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ދުނިޔޭގެ ގައުމުތައް އޮތީ ބައިބައިވެފަ އެވެ. ބައެއް ގައުމުތަކުން ދެކޭ ގޮތުގައި ރަޝިއާއަށް ވުރެ ޔުކްރޭންގެ އެ މީހުންނަށް މުހިންމެވެ. އެމެރިކާ ރުހޭ ގޮތަކަށް އަމަލުކުރުމަށް ވެސް ބައެއް ގައުމުތަކުން ވަނީ ކަނޑައަޅާފަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިދާޅުވި ގޮތުގައި، ދުނިޔެ ކޮންމެ ގޮތަކަށް ދުށް ނަމަވެސް، ރަޝިއާއަށް އެއްބާލެއްވުމުގައި ދެމިހުންނަވާނެ އެވެ. އަދި އުތުރު ކޮރެެއާގެ ހުރިހާ ވަސީލަތެއް ރަޝިއާއާ އެއްކޮޅަށް ބޭނުންކުރައްވާނެ އެވެ.

ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި، ލަދުހަޔާތެއް ނެތް ދަތިކުރުންތަކާ އެކުވެސް، ކިމް ވިދާޅުވި ގޮތުގައި، ރަޝިއާ ފެންނަނީ ތަނަވަސް ގައުމެއް ގޮތުގަ އެވެ.

އެމެރިކާ ކުރި އެއްވެސް ކަމަކުން ރަޝިއާ ފުނޑެމުން އަންނަ ތަން ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމް ޖޮން އުން ވިދާޅުވި ގޮތުގައި ރަޝިއާއާ ގުޅިގެން ހަތިޔާރު އުފެއްދުމުގެ އިތުރުން ޖައްވުގައި ވެސް ރަސްކަންކުރައްވާނެ އެވެ. ރަޝިއާއާ އެކު ޖައްވީ ހަރަކާތްތައް އިތުރުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި، ރަޝިއާގެ ޖައްވީ ޕްރޮގްރާމާ ބެހޭ ތަފުސީލުތަކެއް ކިމްއަށް ވަނީ އަރުވާފަ އެވެ.

ކިމްގެ މި ދަތުރުގައި އެންމެ މުހިންމު ކަމަކަށް އޮތީ ޕޫޓިންއާ އެކު -- ސިއްރު މަޝްވަރާތަކެއް ކުރެއްވުމެވެ. އެއީ ހުޅަނގުން ތުހުމަތުކުރާ ގޮތުގައި އުތުރު ކޮރެެއާއިން ހަތިޔާރު ގަތުމާ ބެހޭ ގޮތުން ރަޝިއާ ކުރާ މަޝްވަރާތަކެކެވެ.