ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާލެ ވަޑައިގެންފި، މަޝްވަރާތައް ކުރިއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކޯލިޝަން މަޝްވަރާކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިހަށް ކުރެއްވި ދަތުރުުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

ގާސިމާ ބައްދަލުކުރެއްވުމަށް ރައީސް ސޯލިހް ސަން އައިލެންޑަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަަހު އެވެ. ރައީސް މާލެ ވަޑައިގަތީ މިއަދުގެ މެންދުރުފަހުގެ ވަގުތެއް ގައެވެ.

ރައީސް ސޯލިހް މިއަދު މާލެ ވަޑައިގެންނެވި ނަމަވެސް ރައީސްއާ އެކު ސަން އައިލެންޑަށް ވަޑައިގެންނެވި ބައެއް ބޭފުޅުން އަދިވެސް ތިއްބެވީ އެތަނުގައި ގާސިމްއާ އެކު މަޝްވަރާ ގައެވެ.

ރައީސްއާ އެކު ސަން އައިލެންޑަށް ވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައޯސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ.

މަޝްވަރާތަކުގައި ލިބިފައިވާ ކުރިއެރުމާ ގުޅޭގޮތުން ޖޭޕީ އަދި އެމްޑީޕީން ވެސް ވަކިއެއްޗެއް ނުބުނެ އެވެ.

ޕީޕީއެމް ޕީއެންސީ އިން ވެސް މީގެކުރިން ވަނީ ގާސިމާ ބައްދަލުކުރައްވާ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވާފަ އެވެ.