ޑރ. މުހައްމަދު މުއިއްޒު

ކެމްޕޭނަށް މުއިއްޒު ބޮޑުތިލަދުންމައްޗަށް

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ބުރުގެ ކެމްޕޭނަށް ހދ، ހއ، އަދި ށ އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

މުއިއްޒުގެ މިދަތުރުފުޅުގައި ޕީޕީއެމް ޕީއެންސީ އަދި އެމްއެންޕީގެ އިސް ބޭފުޅުން ބައިވެރިވެ އެވެ.

ރިޔާސީ ކެމްޕޭން މުއިއްޒު ފެއްޓެވީވެސް ބޮޑުތިލަދުންމަތީގައި ހިމެނޭ ހދ. އަތޮޅުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޑރ. މުއިއްޒު އެވެ. 101،494 ވޯޓެވެ. ދެވަނައަށް ދިޔަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.