ދުނިޔެ

ހަމަލާދީފިނަމަ 3.5 މިލިއަން ސިފައިން ފޮނުވާނަން: ނޭޓޯ

ނޭޓޯ މެމްބަރު ގައުމަކަށް ދޭ ހަމަލާއަކީ ނޭޓޯއަށް ދޭ ހަމަލާއެއް ކަމަށް އެ ޖަމާއަތުން ދެކެ އެވެ. ނޭޓޯ ތަމްސީލުކުރާ ޖެނެރަލުންނާއި އެޑްމިރަލުންގެ ވާހަކަތައް ހުންނަނީ ވެސް މި ކަހަލަ އިބާރާތްތަކުންނެވެ.

ނޭޓޯއަށް ހަމަލާއެއް އަމާޒުވެއްޖެނަމަ ދުރު ވިސްނުމަކަށް ވަޑައިނުގަންނަވާނެ ކަމަށް ނޭޓޯގެ އަސްކަރީ ގޮފީގެ ވެރިޔާ އެޑްމިރަލް ރޮބް ބާވާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ނޭޓޯއަށް އަލަށް ތައާރަފުކޮށްފައި ހުރި ސިޔާސަތުތަކުން އަވަސް ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.

ރޮބް ބާވާ ވިދާޅުވި ގޮތުގައި ނޭޓޯ ގައުމުތައް އަބަދުވެސް ތިބެނީ ތައްޔާރަށެވެ. އެއިން ގައުމަކަށް ހަމަލާއެއް ދީފިނަމަ އެ ބަޔަކާ ދެކޮޅަށް 300،000 ސިފައިން -- ހިނގަމުންދާ މަހުގައި އެކަނިވެސް ނެރުއްވާނެ ކަމަށެވެ.

ނޭޓޯ ގައުމުތަކުގެ ގަބޫލުކުރުމަކީ ހަމަލާދޭ ބަޔަކު ބަލިވަންދެން، ރައްދު ހަމަލާ ދިނުން ކަމަށާއި ހާލަތު ބަދަލުވަމުންދާ ގޮތަކުން 3.5 މިލިއަން ސިފައިން ނެރެން ޖެހުނު ނަމަވެސް، އެ ކުޅަދާނަކަންވެސް ނޭޓޯއަށް ލިބިފައިވާ ކަމަށެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ވެސް މި މޭރުމުން ވަނީ ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވަގުތުން ވަގުތަށް 300،000 ސިފައިން ނެރެން ޖެހުނު ނަމަވެސް، އެ ގަބޫލުކުރުން ނޭޓޯގައި އެބަ އޮތެެވެ.

ނޭޓޯ މެމްބަރު ގައުމުތަކުން ވަފާތެރި ކަމާއެކު ޖިޒީ ދެއްކުން ފަދަ ކަންކަމުގައި އެއްބާރުލުން ދެމުން ގެންދާނަމަ، ނޭޓޯއަށް ދަތިކަމެއް ނޯންނާނެ ކަމަށްވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި މި އަހަރު ޖުލައިގައި އޮތް ނޭޓޯ ސަމިޓްގައި ވާހަކަދައްކަވަމުން ސްޓޮލްޓަންބާގް ވަނީ އެ ޖަމާއަތަށް ލިބިފައިވާ ފުރިހަމަކަމާ މެދު ފަޚުރުވެެރިވެ ވަޑައިގެންފަ އެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ މެމްބަރު ގައުމުތަކުން އާމްދަނީގެ ދެ ޕަސެންޓް ނޭޓޯއަށް ދީފިނަމަ އެއީ އަސްކަރީ ޖަމާއަތެއް ފުރިހަމަ ކުޅަދާނަ ކަމުގައި 24 ގަޑިއރު ހޭލާ ބޭތިއްބުމަށް ފުދޭ މިންވަރެކެވެ.