އިލެކްޝަންސް ކޮމިޝަން

47،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހަޅައިފި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ގޮސް ތިބި ބަޔަކު ވޯޓާސް ލިސްޓް ބަލަނީ -- ފޮޓޯ: އަވަސް
0%
0%
0%

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި 47،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓަށް ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ހުކުރު ދުވަހު އެވެ. އެ ފުރުސަތު އިއްޔެއަށް ހަމަވެފައިވާއިރު 47،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓަކުރި މިންވަރަށް ވުރެ 7،000 މީހުން ގިނަ އަދަދެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީކުރަން ލިބުނު ފޯމުތަކުގެ ތެރެއިން 19،000 އަށްވުރެ ގިނަ ފޯމް ޕްރޮސެސްކޮށް ނިމިފައިވާ ކަމަށާއި އަދި 27،000 އަށް ވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރުކުރަމުންދާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345