ސޮނެވާ ބްރޭންޑްގެ ތިންވަނަ ރިސޯޓު ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
ހދ. އަތޮޅުގައި ސޮނެވާ ސީކްރެޓްސްގެ ނަމުގައި މި ރިސޯޓު ހުޅުވަން ތައްޔާރުވަނީ އަންނަ އަހަރުގެ ޖެނުއަރީ ގައެވެ.
ސޮނެވާ އިން ކުރިން ހުޅުވި ދެ ރިސޯޓު ގޮތަށް ސޮނެވާ ސީކްރެޓްސް އަކީ ވެސް މަތީ ފަންތީގެ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ހަދާފައިވާ ރިސޯޓެކެވެ.
ސޮނެވާ ސީކްރެޓްސް ހަދާފައިވަނީ ރާއްޖޭގެ ފުރަތަމަ ފްލޯޓިން ވިލާ ވެސް ހިމެނޭ ގޮތަށް އަދި ބީޗް ވިލާތަކާއި އޯވަ ވޯޓަ ވިލާތައް ހިމެނޭ ގޮތަށެވެ.
ސޮނެވާ އިން މިހާރު ރާއްޖޭގައި ހިންގާ ދެ ރިސޯޓަކީ ނ. އަތޮޅުގައި ހިންގާ ސޮނެވާ ޖާނީއާއި ބ. އަތޮޅުގައި ހިންގާ ސޮނެވާފުށްޓެވެ.