ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕޭއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
މިއީ ކޮންމެ ތިންމަހުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބޭއްވުމަށް 2021 ވަނަ އަހަރު ބޭންކުން ނިންމާފައިވާ ނިންމުމެއްގެ ދަށުން ކުރިއަށް ގެންދާ ކޭމްޕެކެވެ.
ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން ބީއެމްއެލް ގެންދަނީ ފާހަގަކުރަމުންނެވެ.

ބީއެމްއެލްގެ މިއަދުގެ ހަރަކާތުގައި 46 މުވައްޒަފަކު ވަނީ ލޭ ހަދިޔާކޮށްފަ އެވެ.
މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެމީހުންގެ އާއިލާއިން ވަނީ ލޭ ހަދިޔާކޮށްފަ އެވެ.
ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖުތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.