ދަރުމަވަންތަ ހޮސްޕިޓަލްގެ ބައެއް ފަންގިފިލާތައް ރަހުނުކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް އައިޖީއެމްއެޗްއިން ދޮގުކޮށްފި އެވެ.
އައިޖީއެމްއެޗް އިން މިކަން ދޮގުކޮށްފައި މިވަނީ އެ އިމާރާތުގެ ބައެއް ފަންގިފިލާތައް ލޯނަކަށް ރަހުނުކޮށްފައިވާތީ ބޭނުން ނުކުރާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދެކެވޭ ވާހަކަތަކަކާ ގުޅިގެންނެވެ.
ދެކެވެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެދިނުމުގެ ގޮތުން އައިޖީއެމްއެޗް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ފަންގިފިލާތައް ބޭނުންކުރާ ގޮތުގެ ތަފްސީލްތަކެއް ހިއްސާކޮށްފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ފަންގިފިލާތަކުގެ ތަފްސީލް:
- 1-13 ގައި ހުރިހާ ފަންގިފިލާއެއްގައި ހިދުމަތް ދެވޭ
- 8 އަދި 14 ވަނަ ފަންގިފިލާ ގައުމީ ޔުނިވަސިޓީއަށް ހާއްސަކޮށްފައި
- 15-19 ގައި ޕްރައިވެޓް ކޮޓަރި
- 20 ޕްރެޒިޑެންޝަލް ސުއިޓް
- 21-23 ވިޒިޓިން ޑޮކްޓަރުންގެ ކޮޓަރިތައް
- 24 އުޑުވިލާ މީޓިން ރޫމް.
ދަރުމަވަންތަ ހޮސްޕިޓަލް އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް 143 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ މި އިމާރާތް ބޭނުންކުރަން ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ.