މޯލްޑިވްސް ކަސްޓަމްސް ސާވިސް

2.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯ ގުރާމުގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މިތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް ޖަރުމަނުވިލާތުން ރާއްޖެ އަށް ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ބާވަތުގެ އެއްޗެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިމަހުގެ 16 ވަނަ ދުވަހު ބަލައި ފާސްކުރި ޕާރްސަލް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވެ އެވެ. މިތަކެތި އިތުރަށް ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.2 ކިލޯގުރާމް ހުއްޓެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާ ހަވާލުކޮށްފަ އެވެ.