ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަޝީދުގެ ތާއީދު ހޯދަން މަޝްވަރާކުރިން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
0%
0%
0%

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދެވުމަށް މިއަދު މަޝްވަރާ ކުރެވުނު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު މިއަދު ބޭއްވި ބައްދަލުވުމަކީ މިއަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން ގާތްގަނޑަކަށް ކެނޑިފައި ވަނިކޮށް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

މިބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ދެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި އެކަމާ ގުޅިގެން ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯއްދެވުމާ ގުޅޭގޮތުން ކަމަށެވެ. ނަމަވެސް ދަ ޑިމޮކްރެޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމާފައިވާ ނިންމުން އެގޮތުގައި އޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަންކަމާ ބެހޭގޮތުން ވާހަކަ ދެކެވުނު. ތަފްސީލުތައް އަޅުގަނޑުމެން ފަހުން ހާމަކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 85،935 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 ޕަސަންޓެވެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ 101،180 ވޯޓު ހޯއްދަވާފަ އެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސަންޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910