ފިނިޕޭޖް

މިޝޭލް ޑޮކަރީ ކައިވެނިކޮށްފި

މިޝޭލް ޑޮކަރީ އާއި ޖޭސްޕާ ވޯލާ-ބްރިޖް
0%
0%
0%

"ޑައުންޓައުން އެބީ"ގެ ތަރި މިޝޭލް ޑޮކަރީ 41، ކައިވެނިކޮށްފި އެވެ.

މިޝޭލް ކައިވެނި ކުރީ ޖޭސްޕާ ވޯލާ-ބްރިޖް، 35، އާ މިދިޔަ ހޮނިހިރު ދުވަހު ހުޅަނގު ލަންޑަންގަ އެވެ..

މި ކައިވެންޏަށް މިޝޭލް އާއި ޖޭސްޕާގެ އާއިލާ އާއި ގާތް ރަށްޓެހިންނާއި މިޝޭލްގެ ކޯ ސްޓާރުން ވަނީ ގޮސްފަ އެވެ.

މީގެތެރޭގައި ލިލީ ޖޭމްސް، ލޯރާ ކާމައިކަލް، ހިއު ބޯންވިލް، އެލިޒަބެތް މެގްގަވާން، ޖޭމްސް ނޯޓަން، ޖޭމްސް އެޑްވަޑް ކާޓާ އަދި ޖޭސްޕާގެ ދައްތަ ފީބީ ވޯލާ-ބްރިޖް ހިމެނެ އެވެ.

މިޝޭލް އާއި ޖޭސްޕާ ކައިވެނިކޮށްގެން ގެއަށް ދަނީ

ކައިވެނި ކުރުމަށް މިޝޭލް ލާފައިހުރީ ހުދުކުލައިގެ އެމީލިއާ ވިކްސްޓެޑް ޖޯސެފީން ސެޓިން ވެޑިން ޑްރެސް އެކެވެ. އަދި ޖޭސްޕާ ލައިގެން ހުރީ ގަދަ ނޫކުލައިގެ ސޫޓެކެވެ.

ޑެއިލީ މެއިލް އިން ޕޯސްޓްކޮށްފައިވާ ފޮޓޯތަކުގައި މިޝޭލް އާއި ޖޭސްޕާ ކައިވެނިކޮށްގެން ހިނިތުންވެފައި ތިބިއިރު ދެމެފިރިންގެ ގަޔަށް ކޮންފެޓީ ފައިބާ ތަނާއި ކައިވެންޏަށް ދިޔަ ބައެއް މެހެމާނުން ފެނެ އެވެ.

މިޝޭލް އާއި ޖޭސްޕާ ލޯބީގެ ގޮތުން ގުޅުނީ 2019 ގައެވެ. އަދި އެންގޭޖްވީ ކަމަށް ހަބަރުތަކުން ރިޕޯޓްކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ޖޭސްޕާއަކީ ޕްރޮޑިއުސަރަކާއި ކުރީގެ ޓެލެންޓް އޭޖެންޓެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910