އިފުރު އެއާޕޯޓް

އިފުރުގައި ތަރައްގީކުރި ރިސޯޓް ހުޅުވައިފި

ރ. އިފުރުގައި ތަރައްގީކުރި "އިފުރު އައިލެންޑް މޯލްޑިވްސް" ހުޅުވައިފި އެވެ.

ރ. އަތޮޅުގައި މިވަގުތު އޮތް ހަމައެކަނި އެއާޕޯޓް ހިންގާ ރަށުގައި ރިސޯޓާއި އެއާޕޯޓް ތަރައްގީކޮށްފައިވަނީ ކޯސްޓްލައިން ކުންފުނީގެ ހިއްސާ އޮންނަ އިފުރު އިންވެސްޓްމަންޓްސްގެ ފަރާތުންނެވެ.

އިފުރުގައި ހަދާފައިވާ ރިސޯޓުގައި 147 ވިލާއާއި، އެކި ގައުމުތަކުގެ ކެއުން ލިބޭ ހަ ރެސްޓޯރަންޓަކާއި، ހަތަރު ބާގެ އިތުރުން ފަތުރުވެރިންގެ ހިތްހަމަޖެހުމާއި ދުޅަހެޔޮކަމަށް ހާއްސަ ވަސީލަތްތަކާއި އަދި ސްކައިޑައިވިން ޑްރޮޕްޒޯނެއްވެސް ހަދާފައިވެ އެވެ.

އިފުރު އެއާޕޯޓް ހަދައި ހިދުމަތް ދޭން ފެށީ މެއި 28، 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ރ. އަތޮޅު އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު ރ. އަތޮޅުގައި އިތުރު އެ އެއާޕޯޓެއް އެޅުމަށްވެސް މިސަރުކާރުން ވަނީ ވައުދުވެފަ އެވެ.