ބޭންކް އޮފް މޯލްޑިވްސް

ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކު ބީއެމްއެލްގެ އެހީގައި ތަރައްގީކޮށްފި


ގދ. ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކުގެ ދެވަނަ ފިޔަވަހި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ތަރައްގީކޮށް އާންމުންނަށް ހުޅުވާލާއިފި އެވެ.

ކޮންމެ އަހަރަކު މި ސަރަހައްދަށް އުދައެރުމުގެ ސަބަބަން ކުރިމަތިވާ މައްސަލަތައް މި މަޝްރޫއު އަޕްގްރޭޑް އަދި އެކްސްޓެންޝަން މަސައްކަތްތަކުގެ ދަށުން ވަނީ ފުރިހަމަކޮށް ނިންމާލާފަ އެވެ. މިކަމަށް އެހީތެރިކަން ދެނީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުންނެވެ.

ހޯޑެއްދޫ ސްޕޯޓްސް އިން ތަރައްގީ ކުރި އޮޅަމައްތާ އިކޯ ޕާކު މަޝްރޫއުގެ ދަށުން ވަނީ އަތިރިމަތީގައި ގަސް އިންދާ، މި ޕާކުގެ ވޯކްވޭ ސާފުކޮށް، ފަސް ބެންޗު އަދި ސޯލާ ލައިޓް ހަރުކޮށް، ހަޓެއް ބަހައްޓައި، ކުޅީގައި ހެދޭ ގަސްގަހާގެއްސަށް ނާސަރީއެއް ގާއިމުކޮށްފަ އެވެ.

މިމަޝްރޫއާ ގުޅޭ ގޮތުން ހޯޑެއްދޫ ސްޕޯޓްސްގެ ފަރާތުން މަހްދޫން އާދަމް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އާއިލީ ގުޅުން ބަދަހިކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމުވެ، އިކޯ ޓޫރިޒަމްގެ ފުރުސަތުތައް ފުޅާވެ، އާންމުންގެ މެދުގައި ޖަންގަލި އަދި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ހޭލުންތެރިކަން އިރުތުވެގެންދާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.