ފިނިޕޭޖް

އަޝާގެ އާ އަލްބަމް "ކަމިން ހޯމް" އަންނަ އަހަރު

ލަވަކިޔުންތެރިޔާ އަޝާ (44 އ) އާ އަލްބަމެއް އަންނަ އަހަރު ނެރޭނެ ކަމަށް އިއުލާންކޮށްފި އެވެ.

ފެބަރުވަރީ 11، 2024 ގައި ނެރޭ "ކަމިން ހޯމް" އަކީ އަޝާގެ ނުވަވަނަ ސްޓޫޑިއޯ އަލްބަމެވެ. އަދި މިއީ 2016 ގައި ނެރުނު "ހާޑް 2 ލަވް"ގެ ފަހުން ނެރޭ ފުރަތަމަ އަލްބަމެވެ.

"ކަމިންގ ހޯމް"ގައި އެންމެ ފަހުން ރިލީޒްކުރި ލަވަ "ގުޑް ގުޑް" ވެސް ހިމެނޭނެ އެވެ. މިއީ ސަމާ ވޯކާ އާއި ސެވެޖް 21އާ ގުޅިގެން ކިޔާފައިވާ ލަވައެކެވެ.

އަޝާ ނެރުނު ބަޔާނެއްގައި ބުނީ މި އާ އަލްބަމް ހަދާފައިވަނީ ވަރަށް ވިސްނައިގެންނާއި ކްރިއޭޓިވިޓީއާ އެކުގައި ކަމަށެވެ.

އެކި މީހުންނަށް އެ މާނަ ނެގޭނީ އަދި ގުޅޭނީ އެކި ގޮތްތަކަށް ކަމަށްވެސް ބުންޏެވެ. އަލްބަމެއް މި އަންނަނީ ވަރަށް ދިގު އިންތިޒާރަކަށް ފަހުގައި ކަމަށްވީ ނަމަވެސް ރަނގަޅު ކަންތައް އަންނާނީ އިންތިޒާރު ކުރާ މީހުންނަށް ކަމަށާއި އަލްބަމް އަޑު އަހާފައި އެ ކަމުދާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ބުންޏެވެ.

ގްރެމީ އެވޯޑް ލިބިފައިވާ އަޝާ އެމެރިކާގެ ލާސް ވެގަސް ރެސިޑެންސީ އަންނަ ޑިސެމްބަރު މަހު ނިމޭއިރު، ފްރާންސްގެ ޕެރިސްގައި ކުރިއަށްދާ ރެސިޑެންސީ ނިމޭނީ އަންނަ މަހު ފަސްވަނަ ދުވަހު އެވެ. މީގެ އިތުރުން އަންނަ އަހަރުގެ ސުޕަބޯލް ހާފްޓައިމް ޝޯ ޕާފޯމްކުރާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.