ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން އެނގޭނެ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫ ޖަލްސާގައި ވާހަކަދައްކަވަނީ
66.7%
0%
33.3%

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އެމްޑީޕީއާ އެކު ގުޅިގެން މަސައްކަތް ކުރުމަށް ހަދާފައި އޮތް ކޯލިޝަން އެމްޑީއޭ އިން ރޫޅާލުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަން އެނގިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީއޭ އިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކުރިއަށް ދިއުމަށް ހަދާފައި އޮތް ކޯލިޝަން ރޫޅާލީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބޮޑު އަގުލަބިއްޔަތަކާ އެކު އެވެ. އެމްޑީއޭ އިން މިހާރު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރުމަށްވެސް ނިންމާފަ އެވެ.

އެމްޑީއޭގެ ނިންމުމަށްފަހު ރައީސް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ކެމްޕޭން ޖަލްސާގައި މިއަދު އައްޑޫ ސިޓީގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެމްޑީއޭގެ ނިންމުމަށް އިހްތިރާމު ކުރައްވާ ކަމަށް ވިދާޅުވެ އެ ޕާޓީން ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެ ޕާޓީއަށް ހެޔޮ މުސްތަގުބަލަކަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ވަރަށް އަވަހަށް އެނގިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

"ދިވެހިންގެ ތެރޭގައި ބުނެ އުޅޭ މުޔާވަރާ ބަހެއް އޮވޭ. އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ވެސް ހުންނާނެއޭ ކޮންމެވެސް ވަރަކަށް. އެހެންވީމާ އެ ކަހަލަ ކަންތައްތައް ވާނެ. ކަންބޮޑު ނުވެ ކުރިއަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.

ސަޕޯޓަރުންނަށް ހިތްވަރު ދެއްވަމުން ރައީސް ވަނީ އެމްޑީއޭ އިން ކޯލިޝަން ރޫޅާލައި ދުރަށް ޖެހުނު ނަމަވެސް ސަޕޯޓަރުން އެކަމާ ކަންބޮޑުނުވުމަށް އެދިވަޑައިގެންފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345