އެމްޓީސީސީ

އާރްޓީއެލް ބަހުގެ ހިދުމަތް ކުޅުދުއްފުށީގައި ފަށައިފި

ރާއްޖޭގެ ޓުރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ.

ކުޅުދުއްފުށީގައި ސިޓީގައި ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެވެ.

އެމްޓީސީސީ އިން ބުނީ ކުޅުދުއްފުށީގައި މިހާރު ކުރިއަށްދަނީ ބަހުގެ ހިދުމަތް ތަޖުރިބާކޮށްލުމުގެ ދަތުރުތަކަކަށްވާތީ މިދުވަސްކޮޅު އެ ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށެވެ. މިގޮތަށް ހެދުމުގެ ބޭނުމަކީ ކުޅުދުއްފުށީގެ ރައްޔިތުން ބަހުގެ ހިދުމަތަށް އަހުލުވެރި ކުރުވާއި ބަސްތައް ދަތުރުކުރާ ރޫޓުތަކަށް މީހުން އަހުލުވެރިކުރުވުން ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

ބަސްދަތުރުތަކަށް އާރްޓިއެލް އެޕް މެދުވެރިކޮށް ޓިކެޓް ނަގައިގެން ދަތުރުކުރެވެ އެވެ. އަދި އާރްޓީއެލް މެދުވެރިކޮށް ބަސްދަތުރުކުރާ ރޫޓްވެސް ބަލައިލެވެ އެވެ.

އާރްޓީއެލްގެ ހިދުމަތް މިހާރު ދެނީ މާލެ ސަރަަހައްދާއި ހއ. ދިއްދޫ އާއި ލ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީ ގައެވެ.