ރިޔާސީ އިންތިހާބު 2023

އުމަރުގެ ރަނިންމޭޓް މާޒް ސަލީމުގެ ތާއީދު ރައީސްއަށް

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް އަހްމަދު ސަލީމް (މާޒް ސަލީމް) އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.

ރައީސްއަށް ތާއީދު ކުރެއްވުމުގެ ގޮތުން މާޒް ސަލީމް ވަނީ މިއަދު ހަވީރު ހުޅުމާލޭގެ ރުށްގަނޑު ސަރަހައްދުގައި ރައީސްގެ ކެމްޕޭން ޓީމުން ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. ސަލީމު ހުންނެވީ ވެސް ރައީސްގެ އެންމެ އަރިހުގައެވެ.

ރިޔާސީ އިންތިހާބުގައި އުމަރާއި ސަލީމު ދިޔައީ ހަތަރުވަަނަ އަށެވެ.

އުމަރު ނިންމަވާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށް ނިންމަވާފަ އެވެ.

މާޒް ސަލީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.