ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފި

Oct 1, 2023
0%
0%
100%

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްފި އެވެ.

ރައީސް ޔާމީން މާފުށިން މިއަދު މާލެ ވަޑައިގެން ގެއަށް ވަޑައިގެންނެވި ވަގުތު ހ. ދޫވެހި ކުރިމަތީގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ހުންނެވި އެވެ. އަދި ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަހީމާ ގިނަ އަދަދެއްގެ ސަޕޯޓަރުން ދޫވެހި ކުރިމަތީގައި އެއްވެ ތިއްބެވެ.

ރައީސް ޔާމީން ގެއަށް ވަޑައިގެން ދޮރުމަތީގައި މަޑުކުރައްވައިގެން ހުންނަވައި އެތައް ބަޔަކާ ސަލާމް ކުރެއްވި އެވެ. އެމަނިކުފާނު ބައެއް މީހުންނާ ސަލާމްކުރެއްވި ވަގުތު އެތައް ބަޔަކު ރޮމުން ދިޔަ އެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރި ވަގުތު އެތަނުގައި ތިބި މީހުން ވަނީ އެމަނިކުފާނު މިނިވަންކުރުމަށް އަޑުހަރުކޮށް ގޮވާފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ރައީސް ޔާމީން ގެއަށް ބަދަލުކުރީ ވަގުތީގޮތުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910