ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ އިސްތިއުނާފީ އަޑުއެހުމެއް އާދިއްތަ ދުވަހު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމާ ގުޅިގެން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހު ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފި އެވެ.

އަޑުއެހުން ފެށުމަށް ހަމަޖައްސާފައިވަނީ އާދީއްްތަ ދުވަހުގެ މެންދުރު 1:45 ގައެވެ.

މިމައްސަލައިގައި އެންމެ ފަހުން ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލް ކުރީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުންނެވެ. އެކިއެކި ސަބަބުތަކާ ހުރެ ޔާމީންގެ އަޑު އެހުންތައް މީގެ ކުރިން ވެސް ވަނީ ކެންސަލް ވެފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދެއްގަ އެވެ.