ކްރިމިނަލް ކޯޓް

ކޭމް ފަޅާލި މީހަކު ގޭބަންދު ކުރަން ހުކުމްކޮށްފި

ކްރިމިނަލް ކޯޓް. -- ފޮޓޯ: އަވަސް
0%
0%
0%

ކޮމިއުނިކޭސަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ގަރާޖެއްގެ ތެރޭގައި ހުރި މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވި މީހަކު ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ.

އެ ގޮތުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން ވައްކަންކުރަން އުޅުމުގެ ދައުވާ އުފުލި އެވެ.

ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރީ މިއަހަރުގެ ޖުލައި 19 ވަނަ ދުވަހުގެ 2:00 ހާއިރު މާލެ، ހުސްނުހީނާމަގުގައި ހުންނަ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ގަރާޖަށް ވަދެފައިވާތީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަތް މައްސަލައިގެ ދައުވާ އާއި އެ ގަރާޖުގައި ހުރި ކޭބަލް ރޯލުތަކުން ފަސް މީޓަރުގެ ދިގު ކޭބަލެއް ބުރުކޮށްފައިވާތީ މުދަލަށް ގެއްލުންދިނުމުގެ ދައުވާ އަދި ކޭބަލް ބުރިކޮށް އެ ކޭބަލް ވަގަށް ނަގައިގެން ގެންދަން އުޅެފައިވާތީ ވައްކަން ކުރަން އުޅުމުގެ ދައުވާ އެވެ.

އިބްތިދާއީ އަޑުއެހުމުގައި ދައުވާތަކަށް އޭނާ އިއުތިރާފުވެފައިވާތީ ބޭއްވުނު އަވަސްނިޔާގެ އަޑުއެހުމުގައި އޭނާ ވަނީ އިބްތިދާއީ އަޑުއެހުމުގައި ވެފައިވާ އިއުތިރާފު ދަމަހައްޓާފަ އެވެ.

މުދަލަށް ގެއްލުން ދިނުމުގެ މައްސަލައިގައި އޭނާ އެއް މަހާއި 24 ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފައިވާއިރު އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގައި ހަ މަހާއި ހަތަރު ދުވަހަށް ގޭގައި ބަންދުކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ. ވައްކަންކުރަން އުޅުމުުގެ ކުށުގައި އޭނާ 26 ދުވަހަށް ގޭގައި ބަންދުކުރަން ވަނީ ހުކުމްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345