ދުނިޔެ

އީރާންގެ އެސްޓްރޮނޯޓަކު ފަސް އަހަރު ތެރޭގައި ޖައްވަށް

އީރާނަށް އުފަން އިރާންގެ ރައްޔިތަކުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި -- އެސްޓްރޮނޯޓެއް ގޮތުގައި ޖައްވަށް ފޮނުވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު އީސާ ޒަރުބޫރު ވިދާޅުވެއްޖެ އެވެ.

ޒަރުބޫރު ވިދާޅުވި ގޮތުގައި ކުރިއަށް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި އާ އުޅަނދެއް އީރާނުން ޓެސްޓްކުރާނެ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ޖައްވައް އިންސާނަކު އުފުލަން ތައްޔާރުވުމަށް އަޖުމަބަލާ އުޅަނދެކެވެ.

މި އުޅަނދަކީ އިންސާނުން ދިރިތިބެން ކަމުދާ މާހައުލެއް ގާއިމުކޮށްފައިވާ އުޅަނދަކަށް ވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. މިއީ އީރާނުން މިފަދަ ތަޖުތިބާއެއް ކުރާ ފުރަތަމަ ފަހަރެވެ.

އުޅަނދު ޖައްވަށް އުފުލުމުގެ މަރުހަލާގައި ރާވާފައި އޮތް ގޮތަށް ފިޔަވަހިތައް މަސައްކަތް ނުކުރުމަކީ ވެސް އޮތް ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އުއްމީދަކީ އީރާންގެ އަމިއްލަ އުޅަނދެއްގައި، އަމިއްލަ މީހަކު ޖައްވަށް ފޮނުވުން ކަމަށެވެ.

އީރާނުން ވަނީ ރަޝިއާއާ ގުޅިގެން މިސައިލް ޓެކްނޮލޮޖީ ތަރައްގީރުކަން ފަށާފަ އެވެ. އަދި މަތިންދާބޯޓާއި ހަނގުރާމަމަތީ ޖެޓުތައް ވެސް، ރަޝިއާގެ އެހީތެރިކަމާ އެކު އީރާނުން އުފައްދާނެ އެވެ.

ޖައްވީ ހަޔާތުގައި ރަޝިއާ ހޯދާފައި ހުރި ތަޖުރިބާއާ ވަސީލަތްތައް އީރާނާ އެކު ހިއްސާކުރާ ކަމަށް ރަޝިއާ ވެސް އޮތީ ބުނެފަ އެވެ.

އީރާން އަކީ މިހާރު ވެސް ކާމިޔާބުކަމާ އެކު މިސައިލް އުފައްދާ ގައުމެކެވެ. ދިގު ރާސްތާ މިސައިލާއި އަސްކަރީ ޑްރޯން ވެސް އީރާނުން އުފައްދަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާ ސިފައިން ޔުކްރޭނަށް ހަމަލާދިނުމަށް އީރާންގައި އުފައްދާ ޑްރޯން ބޭނުންކުރެ އެވެ. އަދި މިފަދައިން ރަޝިއާއަށް އެހީތެރިވުމުގެ ބަދަލެއް ގޮތުން -- ރަޝިއާގެ ޖައްވީ ޓެކްނޮލޮޖީ އީރާނާ ހިއްސާކުރަނީ އެވެ.

އީރާނުން މިހާރު މަސައްކަތްކުރަނީ މަދަނީ ބޭނުންތަކަށް ނިއުކްލިއާ ފައްކާކުރުމަށެވެ. އީރާން ބުނާ ގޮތުން އެ ގައުމަށް ބޭނުންވަ ހަކަތަ އުފެއްދުމަށް ނިއުކްލިއާ ބޭނުންކުރެވިދާނެ އެވެ.

އީރާންގެ ނިއުކްލިއާ ޓެކްނޮލޮޖީ އަކީ ޖައްވީ ޕްރޮގްރާމްތަކަށް ވެސް އޮތް ފައިދާއެކެވެ. އަދި އެއީ ޖައްވީ ހޯދުންތަކަށް -- ދުރުރާސްތާ ދަތުރުތަކަށް ހަކަތަ ލިއްބައި ދިނުމަށް ވެސް ވަސީލަތެކެވެ.