މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިންޑިއާގެ ސަރުކާރާއި ދެކޮޅަށް އަދި އާއްމުންގެ ނަފްރަތު އުފެދޭގޮތަށް ވާހަކަ ދެއްކި ދަރިވަރުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން ބުނެފި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ބުނީ މައްސަލަ މި މަރުހަލާގައި ސުޕްރީމް ކޯޓުން ކުރިއަށް ގެންދިއުމުން ދަށު ކޯޓުތަކުގެ ހައިބަތާއި ބާރު ކުޑަވެގެން ދާނެ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން އިންޑިއާގެ ޖަވާހަރްލާން ނެހްރޫ ޔުނިވަސިޓީ (ޖޭއެންޔޫ) ގެ ދަރިވަރުންގެ ލީޑަރު ކަންހައިޔާ ކުމާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ހަމަލާދީ 14 މީހަކު މަރާލި ހާދިސާގައި ކުށްވެރިވެރިވި މުހައްމަދު އަފްޒަލް ގްރޫ 2013 ވަނަ އަހަރު ދަންޖައްސައި މަރާލުމުން އެކަމާ ދެކޮޅަށް ބޭއްވި އަޑުއުފުލައި ބޭއްވި މުޒާހަރާއަކަށް ފަހުގަ އެވެ.
އިންޑިއާ ސަރުކާރުން ބުނީ މި މުޒާހަރާގައި ކުމާރު ވަނީ ދައުލަތާއި ދެކޮޅަށް އޭނާ ދެއްކި ވާހަކަތަކުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
މިމައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ނިއު ދިއްލީގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފަ އެވެ. އަދި ޔުނިވާސިޓީތަކުންނާއި ސިޔާސީ ޕާޓީތަކުން ވެސް ކުމާރާއި އެއްކޮޅަށް ދަނީ އަޑު އުފުލަމުންނެވެ.
އެހެން ނަމަވެސް ސަރުކާރުންބުނަނީ ގައުމިއްޔަތާ ދެކޮޅު ހަދާ ފަރާތްތަކަށް އަދަބު ދޭނެ ކަމަށެވެ.